ޢާންމުކޮށް
އަންގާ އެންގުން
ސްކޫލު ކުދިންގެ ޤުރްއާން މުބާރާތް 2017 ގެ ސެޝަންތައް 15 މާރިޗު 2017 ވާ ބުދަ ދުވަހުގެ ރޭގަނޑު 20:15 ން ފެށިގެން އިސްލާމީ މަރްކަޒުގެ ހޯލުގައި ކުރިއަށް ދާނެއެވެ.
ތިރީގައި މިވަނީ މުބާރާތުގެ ކިޔެވުން އޮންނަ ގަޑިތަކެވެ.
މުބާރާތުގެ ކިޔެވުން އޮންނަ ގަޑިތައް:
- ފުރަތަމަ ދަންފަޅި: ހުކުރު ދުވަސް ފިޔަވައި، ހެނދުނު 8:00 ން 12:00 ށް (ހިތުން ކިޔަވާ ގޮފި ، އަދި ޙާފިޡުންގެ ގޮފި / ކިޔެވުން އޮންނަ ކޮންމެ ދުވަހަކު ހެނދުނު – ގޮފީގެ ހުރިހާ ބައިވެރިން ކިޔަވާ ނިމެންދެން)
- ދެވަނަ ދަންފަޅި: ހަވީރު 16:00 ން 18:00 ށް (ފޮތުން ކިޔަވާ ގޮފި)
- ތިންވަނަ ދަންފަޅި: ރޭގަނޑު 20:00 ން 22:30 ށް (ފޮތުން ކިޔަވާ ގޮފި)
- ހުކުރު ދުވަހު ކިޔެވުން އޮންނާނީ ހަވީރު، އަދި ރޭގަނޑު ދަންފަޅީގައެވެ.
- ޙާފިޡުންގެ ގޮފީގެ ކިޔެވުން ފަށާނީ ހިތުން ކިޔަވާގޮފީގެ ކިޔެވުން ނިމުމުންނެވެ.
13 މާރިޗު 2017