ކީރިތި ޤުރްއާން ކިޔެވުމުގެ 32ވަނަ ޤައުމީ މުބާރާތް

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މި އަހަރު ފެށުމަށް ހަމަޖެހިފައި ވަނީ 03  މުޙައްރަމް 1439 (23 ސެޕްޓެމްބަރ 2017) ވަނަ ދުވަހު މާލޭގައެވެ.      

 މުބާރާތް ހުޅުވާލާފައިވާ ފަރާތްތައް:
މި މުބާރާތް ހުޅުވާލައިފާ ވަނީ އަތޮޅު ކައުންސިލްތަކަށާއި، ސިޓީ ކައުންސިލްތަކަށާއި، އެ ޖަމްޢިއްޔާއެއްގެ / ކްލަބެއްގެ މަޤްޞަދުތަކުގެ ތެރޭގައި އިސްލާމުދީނަށް ޚިދްމަތް ކުރުން ހިމެނޭ ޖަމްޢިއްޔާތަކަށާއި ކްލަބްތަކަށެވެ.     މުބާރާތުގެ ގޮފިތައް :

ފޮތުން ކިޔެވުމުގެ ގޮފި
ހިތުން ކިޔެވުމުގެ ގޮފި

 މުބާރާތުގެ ބައިތައް
މި މުބާރާތުގައި ހިމެނެނީ ދެ ބަޔެކެވެ. އެއީ ފޮތުން ކިޔެވުމުގެ ބަޔާއި  ހިތުން ކިޔެވުމުގެ ބަޔެވެ. މިއިން ކޮންމެ ބަޔެއް  ބެހިފައިވަނީ ތިން ގޮތްޕަށެވެ. މި ގޮފިތަކަކީ


 ފޮތުން ކިޔެވުން
 ވިދިވިދިގެން 10 ފޮތް ތަޖްވީދު ހަމަތަކުގެ މަތިން 
 ވިދިވިދިގެން 20 ފޮތް ތަޖްވީދު ހަމަތަކުގެ މަތިން 
 މުޅި ޤުރްއާން ތަޖްވީދު ހަމަތަކުގެ މަތިން 

ހިތުން ކިޔެވުން
ވިދިވިދިގެން 5 ފޮތް ތަޖްވީދު ހަމަތަކުގެ މަތިން
ވިދިވިދިގެން  10 ފޮތް ތަޖްވީދު ހަމަތަކުގެ މަތިން
ވިދިވިދިގެން  20 ފޮތް ތަޖްވީދު ހަމަތަކުގެ މަތިން


މުބާރާތުގައި ބައިވެރިވުން  

 މި މުބާރާތުގައި ބައިވެރިވެވޭނީ އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތައް ތަމްސީލު ކުރުމަށް އެ ކައުންސިލްތަކުން ހުށައަޅާ ކެންޑިޑޭޓުންނަށާއި މަތީގައި ބުނެވުނު ފަދަ ޖަމްޢިއްޔާތައް / ކްލަބްތައް ތަމްސީލު ކުރުމަށް އެ ޖަމްޢިއްޔާތަކުން / ކްލަބްތަކުން ހުށައަޅާ ކެންޑިޑޭޓުންނަށެވެ.

 މުބާރާތުގައި ބައިވެރިވެވޭނީ މިކަމަށްޓަކައި ކީރިތި ޤުރްއާނާބެހޭ މަރުކަޒުން ތައްޔާރުކޮށްފައިވާ ފޯމް ފުރައި މުބާރާތުގައި ބައިވެރިވުމަށް އެދި  މަރުކަޒަށް ހުށައަޅައި މަރުކަޒުން އެކަން ޤަބޫލު ކުރިކަން އެންގުމުންނެވެ.

މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް 2017 ޖުލައި 13 ވަނަ ދުވަހުގެ ކުރިން ކައުންސިލްތަކުންނާއި ޖަމްޢިއްޔާތަކުން / ކްލަބްތަކުން މަރްކަޒަށް ހުށައަޅަން ވާނެއެވެ.

01 މޭ 2017 ވަނަ ދުވަހުން ފެށިގެން މި ފޯމް މަރްކަޒުން ލިބެން ހުންނާނެއެވެ.

 މުބާރާތުގައި ބައިވެރިކުރެވޭނެ ޢަދަދު :

 މި މުބާރާތުގެ ދެ ބައިގެ ތެރެއިން ކޮންމެ ގޮތްޕެއްގައި ވެސް ބައިވެރި ކުރެވޭނީ އަންހެން  ކެންޑިޑޭޓަކާއި ފިރިހެން  ކެންޑިޑޭޓެކެވެ.

ކޮންމެ ކެންޑިޑޭޓަކަށް  ބައިވެރިވެވޭނީ މުބާރާތުގައި ހިމެނޭ ދެ ބައިގެ ތިން ގޮފީގެ ތެރެއިން  ކޮންމެވެސް  އެއް ގޮތްޕެއްގައެވެ. އަދި އެއްވެސް ކެންޑިޑޭޓަކަށް  މުބާރާތުގެ  ދެ ބައިގައި ބައިވެރިއެއް ނުވެވޭނެއެވެ.

ނޯޓް: މި ޢަދަދަށްވުރެ މަދުން މުބާރާތުގައި ބައިވެރިކުރެވިދާނެއެވެ.

މުބާރާތުގައި ބައިވެރިވުމުގެ ޝަރުތުތައް :

ދިވެހި ރައްޔިތެއްކަމުގައިވުން.

ވީމާ މި މުބާރާތުގައި ބައިވެރިވެ ވަޑައިގަތުމުގެ ދަޢުވަތު އަތޮޅު ކައުންސިލްތަކަށާއި ސިޓީ ކައުންސިލްތަކަށާއި މަތީގައި ބުނެވުނު ޖަމްޢިއްޔާތަކަށާއި ކްލަބްތަކަށް އަރުވަމެވެ.