ސްކޫލް ޤުރުއާން މުބާރާތް 2018
ދިވެހި ރާއްޖޭގެ ސްކޫލްތަކުގެ ޤުރުއާން މުބާރާތް 2018 މި އަހަރު ފެށުމަށް ހަމަޖެހިފައިވަނީ 24 މާރިޗު 2018 ވަނަ ދުވަހު މާލޭގައެވެ.
މުބާރާތުގެ ގޮފިތައް :
ފޮތުން ކިޔެވުމުގެ ގޮފި
ހިތުން ކިޔެވުމުގެ ގޮފި
ޚާފިޘުންގެ ގޮފި
މުބާރާތުގެ ބައިތައް
މި މުބާރާތުގައި ހިމެނެނީ 3 ގޮތްޕެވެ. އެއީ ފޮތުން ކިޔެވުމުގެ ގޮތްޕާއި ހިތުން ކިޔެވުމުގެ ގޮތްޕާއި ޚާފިޘުންގެ ގޮތްޕެވެ. މިއިން ކޮންމެ ގޮތްޕެއް ބެހިފައިވަނީ ތިން ބަޔަށެވެ. މި ބައިތަކަކީ
ފޮތުން ކިޔެވުމުގެ ގޮފި
ވިދިވިދިގެން 5 ފޮތް ތަޖްވީދު ހަމަތަކުގެ މަތިން
ވިދިވިދިގެން 10 ފޮތް ތަޖްވީދު ހަމަތަކުގެ މަތިން
ވިދިވިދިގެން 15 ފޮތް ތަޖްވީދު ހަމަތަކުގެ މަތިން
ހިތުން ކިޔެވުމުގެ ގޮފި
ވިދިވިދިގެން 2 ފޮތް ތަޖްވީދު ހަމަތަކުގެ މަތިން
ވިދިވިދިގެން 4 ފޮތް ތަޖްވީދު ހަމަތަކުގެ މަތިން
ވިދިވިދިގެން 6 ފޮތް ތަޖްވީދު ހަމަތަކުގެ މަތިން
ޚާފިޘުންގެ ގޮފި
މިއީ މުޅި ޤުރުއާން ހިތުދަސް ދަރިވަރުންނަށް ޚާއްޞަ ކުރެވިފައިވާ ބައެކެވެ. މި ބައިގައިވެސް ކިޔަވަން ޖެހޭނީ ތަޖްވީދުގެ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
މުބާރާތުގައި ބައިވެރިވުން
- މި މުބާރާތުގައި ބައިވެރިވެވޭނީ ރާއްޖޭގެ އެޑިއުކޭޝަން މިނިސްޓްރީގައި ރަޖިސްޓްރީ ވެފައިވާ ހުރިހާ ސްކޫލް ތަކަށެވެ.
- މުބާރާތުގައި ބައިވެރިވެވޭނީ މިކަމަށްޓަކައި ކީރިތި ޤުރްއާނާބެހޭ މަރުކަޒުން ތައްޔާރުކޮށްފައިވާ ފޯމާއި ލިސްޓު ފުރައި މުބާރާތުގައި ބައިވެރިވުމަށް އެދި މަރުކަޒަށް ހުށައަޅައި މަރުކަޒުން އެކަން ޤަބޫލު ކުރިކަން އެންގުމުންނެވެ. ( މުބާރާތުގެ ބައިވެރިންގެ ލިސްޓު މަރުކަޒުގެ ވެބްސައިޓުގައި ޝާއިޢު ކުރެވޭނެއެވެ.)
- މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް 2018 ފެބްރުއަރީ 24 ވަނަ ދުވަހުގެ ކުރިން މަރްކަޒަށް ހުށައަޅަން ވާނެއެވެ.
- މުބާރާތުގައި ބައިވެރި ވުމަށް އެދޭ ފޯމާއި ލިސްޓު މަރުކަޒުންނާއި މަރުކަޒުގެ ވެބްސައިޓުން ލިބެންހުންނާނެއެވެ.
މުބާރާތުގައި ހޮވަން ހަމަޖެހިފައިވާ ވަނަތައް:
މުބާރާތުގެ ފޮތުން ކިޔެވުމުގެ ގޮފީގެ ކޮންމެ ބަޔަކުން އެންމެ މޮޅު 3 ދަރިވަރުން
މުބާރާތުގެ ހިތުން ކިޔެވުމުގެ ގޮފީގެ ކޮންމެ ބަޔަކުން އެންމެ މޮޅު 3 ދަރިވަރުން
މުބާރާތުގެ ޙާފިޡުންގެ ގޮފިން އެންމެ މޮޅު 3 ދަރިވަރުން
މުބާރާތުގެ ފޮތުން ކިޔެވުމުގެ ގޮފިން އެންމެ މޮޅު 3 ސްކޫލް
މުބާރާތުގެ ހިތުން ކިޔެވުމުގެ ގޮފިން އެންމެ މޮޅު 3 ސްކޫލް
މުބާރާތުގައި ބައިވެރިވުމުގެ ޝަރުތުތަކާއި އިތުރު މަޢުލޫމާތު
މުބާރާތުގައި ބައިވެރިވުމާއި ޝަރުތުތަކާއި އިތުރު މަޢުލޫމާތު މުބާރާތުގެ ގަވާއިދުގައި ވާނެއެވެ. މި ގަވާއިދު ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.
ވިމާ، މިކަން ޢާއްމުކޮށް އެންގުމަށް އިޢްލާން ކުރީމެވެ.