ކީރިތި ޤުރްއާން ކިޔެވުމުގެ 34 ވަނަ ޤައުމީ މުބާރާތުގައި ބައިވެރިވުމަށް އެދޭ މުއައްސަސާ ތަކުން ޕޯޓަލްގައި ރަޖިސްޓްރީވުމުގެ ފުރުސަތު މިހާރު ވާނީ ހުޅުވާލެވިފައެވެ. މި ފުރުޞަތު ހުޅުވާލެވިފައިވާނީ 14 އޮކްޓޯބަރ 2021 އިން 18 އޮކްޓޯބަރ 2021 ގެ ނިޔަލަށެވެ. މި މުބާރާތުގައި ބައިވެރިވާން އެދޭ އަތޮޅު ކައުންސިލްތަކާއި، ގްރޭޓަރ މާލޭ ސަރަހައްދުގެ ސުކޫލްތައް އަދި ޤުރްއާން ކުލާސްތަކާއި ޤުރްއާން އުނގަންނައިދޭ މަރުކަޒުތަކާއި ކުލަބް ޖަމްޢިއްޔާތަކާއި ކޮލެޖްތަކާއި ޔުނިވަރސިޓީތަކުން މި މުއްދަތުގައި މުއައްސަސާ ރަޖިސްޓްރީ ކުރަންވާނެއެވެ. ރަޖިސްޓްރީ ވުމަށްޓަކައި ތިރީގައިވާ ލިންކުން ޕޯޓަލްއަށް ވަދެވޭނެއެވެ. 

ކީރިތި ޤުރްއާން ކިޔެވުމުގެ 34 ވަނަ ޤައުމީ މުބާރާތުގައި ވާދަ ކުރުމަށް ބައިވެރިން ހޮވުމާއި ގުޅޭ

ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުން އިންތިޒާމު ކޮށްގެން ބާއްވާ ކީރިތި ޤުރްއާން ކިޔެވުމުގެ 34 ވަނަ ޤައުމީ މުބާރާތް ކޮވިޑް 19 ގެ ޙާލަތާއި ގުޅިގެން ވަރޗުއަލްކޮށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގައި އަތޮޅުން ވާދަ ކުރުމަށް އަތޮޅު އޮޑިޝަނުގައި ބައިވެރި ކުރާނެ ބައިވެރިން ހޮވުމަށް ރަށު އޮޑިޝަނެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތު ރަށު އޮޑިޝަނުން ހޮވޭ ބައިވެރިންގެ ލިސްޓް 14 އޮކްޓޫބަރު 2021 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން ފޮނުވުމަށް ވަނީ ހަމަޖެހިފައެވެ.

މިހެން ކަމުން ރަށު އޮޑިޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ 2021 އޮކްޓޫބަރު 11، 12 ގައެވެ. އަތޮޅު އޮޑިޝަނުގައި ވާދަ ކުރެވެނީ ބަލައިގެން ކިޔެވުމުގެ ބައިން 10 ބައިވެރިންނަށާއި ނުބަލާ ކިޔެވުމުގެ ބައިން 5 ބައިވެރިން ނަށެވެ. މި މުބާރާތުގައި ބައިވެރިވާ ޢުމުރު ކަނޑައަޅާނީ 1 ޖަނަވަރީ 2021 އަށެވެ.