މުބާރާތުގައި ހިމެނޭ ބައިތައް :
މި މުބާރާތް އޮންނާނީ ތިން ބަޔަކަށެވެ. އެއީ:
ޢާންމު ބައި:
މިބައިގައި ބައިވެރިވެވޭނީ ޢުމުރުން 7 އަހަރާއި 65 އަހަރާ ދެމެދުގެ ފަރާތްތަކަށެވެ. މި ބައި ހުޅުވާލާފައި ވަނީ އަތޮޅު ކައުންސިލްތަކަށާއި ސިޓީ ކައުންސިލްތަކަށާއި، މަތީ ތަޢުލީމުދޭ (މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންގައި ރަޖިސްޓަރީކޮށްފައިވާ) މުއައްސަސާ ތަކަށާއި، އިސްލާމްދީނަށް ޚިދްމަތްކުރުން އެ ފަރާތެއްގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނޭ ޖަމްޢިއްޔާތަކާއި، ކުންފުނިތަކާއި، ކްލަބުތަކާށާއި ޖަމާޢަތް ތަކަށެވެ. މުބާރާތުގައި ބައިވެރިވާ ޢުމުރު ކަނޑައަޅާނީ 1 ޖަނަވަރީ 2019 އަށެވެ.
މުބާރާތް ބާއްވާ ތާރީޚު
މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 2019 ވަނަ އަހަރު ސެޕްޓެމްބަރ 1 ން އެމަހުގެ 7 އަށެވެ.
މުބާރާތުގެ ގޮފިތައް :
ފޮތުން (ބަލައިގެން) ކިޔެވުމުގެ ގޮފި
ހިތުން (ނުބަލައި) ކިޔެވުމުގެ ގޮފި