33 ވަނަ އިންޓަރނޭޝަނަލް ކޮންޓެސްޓް ފޮރ ރިސައިޓަރސް އޮފް ދަ ހޮލީ ޤުރްއާން
5 ޑިސެމްބަރު 2026 އިން 6 ޑިސެމްބަރު 2026ގެ ނިޔަލަށް މިސްރުގެ ވެރިރަށް ޤާހިރާގައި ބޭއްވުމަށް ހަމަޖެހިފައިވާ "33 ވަނަ އިންޓަރނޭޝަނަލް ކޮންޓެސްޓް ފޮރ ރިސައިޓަރސް އޮފް ދަ ހޮލީ ޤުރްއާން" މުބާރާތުގައި ބައިވެރިވުމަށް ދިވެހިރާއްޖެއަށް ވަނީ ދަޢުވަތު ލިބިފައެވެ.
ބައިވެރިވުމުގެ ޝަރުޠުތައް:
ކެޓެގަރިގެ ނަން: ތަޖުވީދުގެ ހަމަތަކާއެކު ކީރިތި ޤުރްއާން ނުބަލާ ކިޔެވުން – ޢަރަބިބަހުން ވާހަކަދައްކަން ނޭނގޭ ފަރާތްތައް
1- ދިވެހި ރައްޔިތަކަށްވުން.
2- ޢުމުރުން 29 އަހަރު ފުރިފައިނުވާ މީހަކަށްވުން.
3- ތަޖުވީދުގެ ހަމަތަކާއެކު ފަރިތަކޮށް ޤުރްއާން ކިޔަވަން އެނގުން.
4- ކީރިތި ޤުރްއާން ހިތުދަސް ޙާފިޡަކަށްވުން.