މުޅިން އަލަށް ޢަރަބި ބަސް ދަސްކުރަން ފަށާ ފަރާތްތަކަށް އަމާޒުކޮށްގެން "ޢަރަބިބަސް އުނގެނެމާ (ކުރޭޝް ކޯސް)" މި ނަމުގައި ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުން، 18 އޭޕްރިލް 2026 ވާ ހޮނިހިރު ދުވަހު ހެނދުނު 08:00 ން 12:00 އަށް ޢަރަބި ބަހުގެ ޝައުގުވެރިކަން އުފެއްދުމަށްޓަކައި ޚާއްޞަ ޕްރޮގްރާމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމް އޮންނާނީ ސަލްމާން މިސްކިތުގެ 3 ވަނަ ފަންގިފިލާގައެވެ.

ވީމާ، މި ޕްރޮގްރާމްގައި ބައިވެރިވާން އެދޭ ޢުމުރުން 18 އަހަރުންމަތީގެ ބޭފުޅުން 15 އޭޕްރިލް 2026 ގެ 13:00 ގެ ކުރިން ލިންކު މެދުވެރިކޮށް ގޫގުލް ފޯމު ފުރިހަމަކުރެއްވުން އެދެމެވެ. މި ޕްރޮގްރާމްގައި  ބައިވެރި ކުރުމަށް ހަމަޖެހިފައިވަނީ ފޯމް ހުށަހަޅާ ތަރުތީބުން 30 ބޭފުޅުންނެވެ.