ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒު (މާލެ)، ކީރީތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ހުޅުމާލޭ އައުޓްރީޗް ސެންޓަރ (ފޭސް1)، ކީރީތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ހުޅުމާލޭ އައުޓްރީޗް ސެންޓަރ (ފޭސް2) އަދި ކީރީތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ވިލިމާލޭ އައުޓްރީޗް ސެންޓަރ ގައި 2026 ވަނަ އަހަރުގެ ފުރަތަމަ ސެމިސްޓަރގައި ފެށުމަށް ހަމަޖެފައިވާ ޙިފުޡު ކުލާސްތަކަށް އެޕްލިކޭޝަން ހުށަހެޅުމުގައި ބައެއް ފަރާތްތަކަށް ދަތިތަކެއް ދިމާވެ އެޕްލިކޭޝަން ހުށަހެޅިފައިނުވާތީ، ޙިފްޡް ކްލާސްތަކަށް އެޕްލިކޭޝަން ހުށަހެޅުމުގެ މުއްދަތު ވަނީ އިތުރުކުރެވިފައެވެ. މި ކުލާސް ތަކުގައި ބައިވެރިވެވޭނީ ޢުމުރުން 7 އަހަރު ފުރިފައިވާ ފަރާތްތަކަށެވެ.