ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ، ކ. ހުރާ އައުޓްރީޗް ސެންޓަރުގައި 2026 ވަނަ އަހަރުގެ ފުރަތަމަ ސެމިސްޓަރގައި ފެށުމަށް ހަމަޖެފައިވާ ޙިފުޡު ކުލާސްތަކަށް ވަނުމުގެ މުއްދަތު ވަނީ އިތުރުކުރެވިފައެވެ. މި ކުލާސް ތަކުގައި ބައިވެރިވެވޭނީ ޢުމުރުން 7 އަހަރު ފުރިފައިވާ ފަރާތްތަކަށެވެ.

މި ކުލާހުގައި ބައިވެރިވުމަށް އެދިލައްވާ ފަރާތްތަކުން ޙިފުޡު ކުލާހުގައި ބައިވެރިވުމަށް އެދޭ ފޯމު،  26 މާރިޗު 2026 ގެ 13:00 ގެ ކުރިން ފުރިހަމަކުރެއްވުން އެދެމެވެ.

ކުލާސްތަކަށް ދަރިވަރުން ނެގޭނީ ޙިފުޡު ކުލާހުގައި ބައިވެރިވުމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ މެދުގައި ކުރެވޭ އިންޓަވިއުއިން ލިބޭ މާކްސްއަށް ބެލުމަށްފަހުގައެވެ. އިންޓަރވިއު ކުރުމަށް ހަމަޖެހިފައިވަނީ 29 މާރިޗް 2026 އިން 2 އޭޕްރީލް 2026 އާއި ދެމެދު އެވެ.