އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒަށް މިއަދު ޒިޔާރަތް ކުރެއްވުން. ވަޒީރު ވަނީ މުވައްޒަފުންނާއި ބައްދަލުކުރައްވައި، މަރުކަޒުގެ މުވައްޒަފުން ކުރައްވާ މަސައްކަތްތައް ފާހަގަކުރައްވައި ޝުކުރު އަދާކުރައްވައި، އިތުރަށް އުފެއްދުންތެރިވެ އައު ގޮތްތައް ހޯދުމަށް ހިތްވަރުދެއްވައިފައެވެ.