ހުޅުމާލޭ ފޭސް 1ގައި ކީރިތި ޤުރްއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ގޮފި ހިންގުމަށް އެޗް.ޑީ.ސީ އިން ދެއްވި ޔުނިޓް ޙަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތު މިއަދު 2:30 ގައި އެޗް.ޑީ.ސީގެ ހެޑް އޮފީހުގައި ވަނީ ބޭއްވިފައެވެ. މި ޔުނިޓް ކީރިތި ޤުރްއަނާއިބެހޭ ޤައުމީމަރުކަޒާއި ޙަވާލުކުރެވިފައިވަނީ އެޗް.ޑީ.ސީގެ ސީ.އެސް.އާރުގެ ދަށުންނެވެ.