ޤުރުއާން ކުޔެވުމުގެ 33 ވަނަ ޤައުމީ މުބާރާތް މި އަހަރު ފެށުމަށް ހަމަޖެހިފައިވަނީ 21 އޮކްޓޯބަރު ވަނަ ދުވަހު މާލޭގައެވެ. މި މުބާރާތް ހުޅުވާލެވިފައިވަނީ އަތޮޅު ކައުންސިލްތަކާއި، ސިޓީތަކަށާއި، އިސްލާމްދީނަށް ޚިދުމަތް ކުރުން އެފަރުދެއްގެ މަޤްސަދް ތަކުތެރޭގައި ހިމެނޭ ޖަމްޢިއްތަކަށާއި، ކުންފުނިތަކަށާއި، ކުލަބްތަކާއި ޖަމާޢަތް ތަކަށެވެ.
މި މުބާރާތުގައި ހިމެނެނީ ދެ ބަޔެކެވެ. އެއީ ފޮތުން ކިކެވުމެގެ ބަޔާއި ހިތުން ކުޔެވުމުގެ ބަޔެވެ.
މި މުބާރާތުގައި ބައިވެރިވެވޭނީ މިކަމަށްޓަކައި ކީރިތި ޤުރުއާނާބެހޭ މަރުކަޒުން ތައްޔާރުކޮށްފައިވާ ފޯމް ފުރައި މުބާރާތުގައި ބައިވެރިވުމަށް އެދި ހުށައަޅައި މަރުކަޒުން ޤަބޫލު ކުރިކަން އެންގުމުންނެވެ.
މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު 30 ސެޕްޓެމްބަރ 2018 ވަނަދުވަހު ކުރިން މަރުކަޒަށް ހުށައަޅަންޖެހެއެވެ. އަދި މި ފޯމް މަރުކަޒު އަދި މަރުކަޒުގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.
ޤުރުއާން ކުޔެވުމުގެ 33 ވަނަ ޤައުމީ މުބާރާތް އާއި ބެހޭ..