ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ފުރަތަމަ މުދީރު މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަބްދުލް މަޖީދު އަބްދުލްބާރީ 55، ވަނީ މިދިޔަ ހުކުރު ދުވަހު ސްޓްރޯކެއް ޖެހުމުން ސިރީލަންކާ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުން އަންނަނިކޮށެވެ އަވަހާރަވެފައެވެ.

ޑރ. އަބްދުލް މަޖީދު އަބްދުލްބާރީ އަކީ ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ ފުރަތަމަ މުދީރުކަން ކުރެއްވި ބޭފުޅެކެވެ. އަދި މީގެ އިތުރުން  އިސްލާމިކް މިނިސްޓްރީގެ މިނިސްޓަރުކަމާއި ، އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް ކަންވެސްކުރައްވާފައިވެއެވެ.

ޑރ. އަބްދުލް މަޖީދު އަބްދުލްބާރީ އަވަހާރަވިއިރު ހުންނެވީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ލޯ އެންޑް އިސްލާމިކް ސްޓަޑީޒްގެ ސީނިއާ ލެކްޗަރާގެ މަގާމުގަ އެވެ.

ޑރ. މަޖީދު ފުރަތަމަ ޑިގްރީ އާއި މާސްޓާސް އަދި ޕީއެޗްޑީ ވެސް ހާސިލް ކުރެއްވީ މަދީނާ ޔުނިވާސިޓީންނެވެ. ޕީއެޗްޑީ ހާސިލް ކުރެއްވި އިރު ފާސްވީ (މަރްތަބަތުއް ޝަރަފުލް އޫލާ) އެއް ވަނަ ދަރަޖައިގަ އެވެ.