ރައީސުލްޖުމްހޫރިއްޔާގެ ދަޢުވަތަށް "އައްނޫރުލް މުބީން" ގެ ނަމުގައި ރާއްޖޭގައި ބާއްވާ ފުރަތަމަ ބައިނަލްއަޤުވާމީ ޤުރުއާން މުބާރާތުގެ އޮފިޝަލުންނާއި، ޖަޖުންނާއި އަދި ބައިވެރިންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޢަބްދުﷲ ޖިހާދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރުފަހު ރައީސުލްޖުމްހުރިއްޔާގެ އޮފީހުގައެވެ.