ބައިނަލްއަޤްވާމީ ޒަކާތު މަހާސިންތާގައި ބައިވެރިވެ ވަޑައިގަތުމަށް ރާއްޖެ ވަޑައިގެންނެވި ބޭރުގެ މެހުމާނުންނަށް ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒާ ގުޅޭ ގޮތުން، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއަރޒް އަލްއުސްތާޛު ޢަބްދުﷲ ސަޢުދާން މަޢުލޫމާތު އެރުވުން. 
ސްޓޭޓް މިނިސްޓަރުގެ ވާހަކަފުޅުގައި މެހުމާނުންނަށް މަރުކަޒު ތަޢާރަފުކޮށް ދެއްްވައި، މަރުކަޒުގެ މެންޑޭޓާއި މަރުކަޒުން ހިންގާ މުހިންމު ޕްރޮގްރާމްތަކުގެ މަޢުލޫމާތު ހިއްސާކުރެއްވި.