ކީރިތި ޤުރްއާން ހިތުދަސްކޮށް، މަރުކަޒުގެ ޙާފިޡުން އިމްތިޙާނުކުރާ ކޮމެޓީއަށް ކިޔައިދީ،  ފާސްވި ޢުމުރުން 14 އަހަރުގެ ފާޠިމަތު ޢީޝަލް އަޙްމަދު (ވ. ކިރިލި، މާލެ) އާއި އެދަރިވަރުގެ ބެލެނިވެރިޔާއާއި އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ބައްދަލުކުރައްވައި ހިތްވަރު ދެއްވުން.