ޖަމާޢަތްތެރިން ތަމްރީން ކުރުމަށް ކީިރިތި ޤުރުއާނާއި ބެހޭ މަރުކަޒުން ކުރިއަށް ގެންދާ ޕްރޮގުރާމުތަކުގެ ތެރެއިން މާލެ ސަރަހައްދުގައި އައު ބުރެއް ފެށުމަށް ނިންމާ، ޕްރޮގުރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ޕްރޮގުރާމް ފެށުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ މަހުގެ 2 ވަނަ ދުވަހުއެވެ. މި ޕްރޮގުރާމުގެ ކުލާސްތައް ކުރިއަށްދާނީ ސަލްމާން މިސްކިތުގެ ތިންވަނަ ފަންގިފިލާގައި ކޮންމެ ރެއެއްގެ 20:15 އިން 21:15 އަށެވެ.

މި ޕްރޮގުރާމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 23 ޖަނަވަރީ 2025 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން އޮންލައިން ފޯމު ހުށައެޅުމަށް ވަނީ ހުޅުވާލާފައެވެ.

މި ޕްރޮގުރާމުގައި ބައިވެރިވުމަށް އެދޭ ފޯމު: https://forms.gle/y4GEPbPMQ4Nah7cv7

މިއީ މާލެއާއި ރާއްޖޭގެ ރަށްރަށުގައި ކަށުކަމާކެމީގެ ކަންކަން ކުރުމަށް އެކަށީގެންވާ ތަމްރީނު ލިބިފައިވާ މީހުން އިތުރުކުރުމުގެ މަޤުސަދުގައި ކުރިއަށް ގެންދެވޭ ޕްރޮގުރާމެކެވެ.