ޤުރްއާން ހިތުދަސްކޮށް ނިންމައި، ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ޙާފިޡުން އިމްތިޙާނުކުރާ ކޮމެޓީއަށް ކިޔައިދީ ފާސްވި ޢުމުރުން 21 އަހަރުގެ ޢާއިޝަތު ނައުޝާ އިސްމާޢީލާއި އޭނާގެ ޢާއިލާއާ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ބައްދަލުކުރައްވައިފި.