ޤުރްއާން ހިތުދަސްކޮށް ނިންމައި، ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ޙާފިޡުން އިމްތިޙާނުކުރާ ކޮމެޓީއަށް ކިޔައިދީ ފާސްވި މުޙައްމަދު ޢާކިފް ޢަބްދުއްސައްތާރާއި އޭނާގެ ޢާއިލާއާ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ބައްދަލުކުރައްވައި ހިތްވަރުދެއްވައިފި.