ޤުރްއާން ހިތުދަސްކޮށް ނިންމައި، ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ޙާފިޡުން އިމްތިޙާނުކުރާ ކޮމެޓީއަށް ކިޔައިދީ ފުރިހަމަ ނަތީޖާއަކާއެކު ފާސްވި ޢުމުރުން 12 އަހަރުގެ ޔޫސުފް އަޝްހަދު އަޝްރަފް (ހ. އީސްޓްލައިޓް / މާލެ) އާއި އޭނާގެ ބެލެނިވެރިންނާ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ބައްދަލުކުރައްވައި ހިތްވަރުދެއްވައިފި.