2025 އޮގަސްޓު 25 އިން 29 އަށް މޮރޮކޯގައި ބޭއްވި ބައިނަލް އަޤުވާމީ  ޤުރްއާން މުބާރާތުގައި ރާއްޖެ ތަމްސީލުކުރި މޫސާ އަޝްޢަލް އަޝްރަފާއި ޚިޟުރު ބިން ޢިމާދު މުބާރާތުގައި ބައިވެރިވުމަށްފަހު، އެނބުރި ރާއްޖެ އަތުވެއްޖެއެވެ. މުބާރާތުގެ މި ދެ ބައިވެރިންނަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މަރުޙަބާ ދެންނެވީ ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ ކޮންސަލްޓަންޓް މުޙައްމަދު ޙިލްމީ އާއި ކޯޑިނޭޓަރ އަލްއުސްތާޛު ޢަލީ ވަޙީދެވެ.