ޤުރްއާން ހިތުދަސްކޮށް ނިންމައި، ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ކޮމެޓީއަށް ކިޔައިދީ ފާސްވި ޢުމުރުން 15 އަހަރުގެ އާލާ އިބްރާހީމް ޒިޔާދު ޒަކަރިއްޔާ (ދަފްތަރު ނަންބަރު ދރ 2272 / މާލެ) އާއި އޭނާގެ ބެލެނިވެރިންނާ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙަައްމަދު ޝަހީމް ޢަލީ ސަޢީދު ބައްދަލުކުރައްވައި ހިތްވަރު ދެއްވައިފިއެވެ. ވަޒީރުގެ ވާހަކަފުޅުގައި ކޮންމެ ދާއިރާއަކުން ކިޔެވިކަމުގައިވިޔަސް ޤުރްއާން މުރާޖަޢާކޮށް، ޤުރްއާނަށް ކޮންމެވެސް ގޮތަކުން ޚިދުމަތްކުރުމުގައި ދެމިހުރުމަށް ނަޞޭޙަތްތެރިވެ ވަޑައިގަތެވެ.
އާލާ މަރުކަޒުގެ ހިފްޒު ކޮމިޓީއަށް ކިޔައިދީ ނިންމާފައިވަނީ އެއް މަސްދުވަހުގެ ތެރޭގައެވެ.