ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ އައްޑޫ ސިޓީ ހިތަދޫ އައުޓްރީޗް ސެންޓަރު ޤާއިމުކުރުމުގެ އެއްބަސްވުމުގައި، މަރުކަޒާއި، އައްޑޫ ސިޓީ ކައުންސިލާއި އަދި އައި.އާރު ޤުރުއާން ކުލާހުގެ ފަރާތުން ސޮއިކޮށްފިއެވެ. 2025 ސެޕްޓެންބަރު 3 ވަނަ ދުވަހު ހެނދުނު އައްޑޫ ސިޓީ ކައުންސިލް އިދާރާގައި ބޭއްވި މި ރަސްމިއްޔާތުގައި މަރުކަޒުގެ ފަރާތުން ބައިވެރިވެވަޑައިގަތީ ޑެޕިއުޓީ މިނިސްޓަރ އަލްއުސްތާޛު ޢަބްދުލްޣަފޫރު އަޙްމަދާއި، ޕޮލިޓިކަލް ޑިރެކްޓަރ ޢަލީ ސާލިމް ރަޝީދާއި، ކޮންސަލްޓަންޓް މުޙައްމަދު ޙިލްމީއެވެ. އަދި ކައުންސިލުގެ ފަރާތުން އައްޑޫ ސިޓީގެ މޭޔަރާއި ކައުންސިލަރުންނާއި ކައުންސިލުގެ އިސް މުވައްޒަފުން ބައިވެރިވެ ވަޑައިގަތެވެ. އަދި މި މަރުކަޒުގެ ބެލުމުގެ ދަށުން މި ސްންޓަރު ހިންގާ އައި.އާރު ޤުރްއާން ކުލާހުގެ ފަރާތުން އަލްޙާފިޡު ޙުސައިން ޢަލީ ބައިވެރިވެ ވަޑައިގަތެވެ.
މި ބައްދަލުވުމުގައި، އައްޑޫ ސިޓީގެ އެހެން އަވަށްަތަކުގައިވެސް ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ ސެންޓަރުތައް ހުޅުވުމާމެދު މަޝްވަރާކުރެވުނެވެ.