‏ކީރިތި ޤުރްއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތުގެ ކޮންސެޕްޓާ ގުޅޭގޮތުން މަޝްވަރާކުރުމަށް، ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުން މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމެންޓް އެންޑް ޕަބްލިކް ވޯކްސްއާ ބައްދަލުކޮށްފިއެވެ. މިއަދު އެ މި ނިސްޓްރީގައި އޮތް މި ބައްދަލުވުމުގައި މިނިސްޓްރީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އައްޝައިޚް ޠާހާ ނަޢީމެވެ. އަދި މަރުކަޒުގެ ފަރާތުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއަރޒް އަލްއުސްތާޛު ޢަބްދުﷲ ސަޢުދާނާއި، ޕޮލިޓިކަލް ޑިރެކްޓަރ ޢަލީ ސާލިމް ރަޝީދާއި، ކޮންސަލްޓަންޓް / ހެޑް އޮފް އެކެޑަމިކްސް މުޙައްމަދު ޙިލްމީއާއި، ކޯޑިނޭޓަރ އަލްއުސްތާޛު ޢަލީ ވަޙީދު ބައިވެރިވެވަޑައިގަތެވެ. މި ބަދަލުވުމުގައި 2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ކީރިތި ޤުރްއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތުގެ ކޮންސެޕްޓާއި ޤަވާޢިދު މިނިސްޓްރީއާ ޙިއްސާކުރެވި، މިނިސްޓްރީގެ ލަފައާއި އެހީތެރިކަން ހޯދުމާމެދު މަޝްވަރާކުރެވުނެވެ.