ކީރިތި ޤުރުއާން ހިތުދަސްކުރައްވާ ފުރިހަމަ ކާމިޔާބީއެއް ހޯއްދެވި އުމުރުން 20 އަހަރުގެ އަލްޙާފިޡާ މަރިޔަމް ރައްޔާ އަޙްމަދު (ނޫތަރި، ހއ. އިހަވަންދޫ) އާއި އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ބައްދަލުކުރައްވާ ހިއްވަރުދެއްވައިފި.