ހއ. ދިއްދޫ އިސްލާމީ މަރުކަޒުގައި ޤާއިމްކޮށްފައިވާ ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ އައުޓްރީޗް ސެންޓަރު ހުޅުވައިފިއެވެ.
މި ސެންޓަރު ހުޅުއްވައިދެއްވީ ރޭ ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފެވެ. މި ރަސްމިއްޔާތުގައި އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދާއި، ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު ޢަބްދުއްލަޠީފް މުޙައްމަދާއި ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒު ހިންގެވުމާ ޙަވާލުވެހުންނެވި މިނިސްޓަރ އޮފް ސްޓޭޓް އަލްއުސްތާޛު ޢަބްދުﷲ ސަޢުދާނާއި، ދިއްދޫ ކައުންސިލުގެ ރައީސް ޢަބްދުﷲ ރަޝީދާއި، މިނިސްޓްރީއާއި ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒާއި ކައުންސިލުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.
މި ސެންޓަރުގައި ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުން ހިންގާ ތަފާތު ކޯސްތަކާއި ޙިފްޒު ކުލާސްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.