ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުން، 2026ވަނަ އަހަރުގެ ފުރަތަމަ ސެމިސްޓަރގައި މާލޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޤިރާއަތު ސެޓްފިކެޓް ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.


މި ކޯސްތަކަކީ ޤުރްއާނުގެ ޢިލްމު އުނގެނުމަށާއި އެ ދާއިރާއިން ކުރިއަށް ދިއުމަށް ބޭނުންވާ ފަރާތްތަކަށާއި، ކީރިތި ޤުރްއާނުގެ ޢިލްމު އުނގެނި، ތަޖްވީދުގެ ހަމަތަކާ އެއްގޮތަށް ޤުރްއާން ކިޔަވަން ދަސްކުރުމަށް ބޭނުންވާ ފަރާތްތަކަށް ހިލޭ ކިޔެވުމަށް ލިބިގެންދާނެ ރަނުގެ ފުރުސަތެކެވެ.


2026 ވަނައަހަރުގެ ފުރަތަމަ ސެމިސްޓަރގައި ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުން ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކަކީ ޤިރާއަތު ސެޓްފިކެޓް 1، ޤިރާއަތު ސެޓްފިކެޓް 2، ޤިރާއަތު ސެޓްފިކެޓް 3 އަދި ޤިރާއަތު ސެޓްފިކެޓް 4 އެވެ. މި ކޯސްތަކަކީ މަރުކަޒުގެ ކުލާސްތަކަށް ހާޒިރުވެގެން ކިޔަވާގޮތަށް ކުރިއަށް ގެންދާ ކޯސްތަކެކެވެ. މި ކޯސްތަކާ ގުޅޭ އިތުރު މަޢުލޫމާތު މަރުކަޒުގެ ވެބްސައިޓުންނާއި އެޕްލިކަންޓު ޕޯޓަލްއިން ލިބެން ހުންނާނެއެވެ. 


 މި ކޯސްތަކަށް ފޯމު ހުށަހެޅުމާއި ފޯމު ބަލައިގަތުމުގެ އެންމެހާ ކަންކަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ "އެޕްލިކަންޓް ޕޯޓަލް" https://portal.nchq.gov.mv މެދުވެރިކޮށެވެ. ކޯސްތަކަށް ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 2026 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 18 ވަނަ ދުވަހެވެ. ވުމާއެކު، ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެ ތާރީޚުގެ ކުރިން އެޕްލިކޭޝަން ހުށަހެޅުމަށް ސަމާލުކަން ދެއްވުމަށް މަރުކަޒުން އިލްތިމާސް ކުރަމެވެ.

އިޢުލާނުގެ ގެޒެޓު ލިންކު 

2026ވަނަ އަހަރުގެ ފުރަތަމަ ސެމިސްޓަރ ގައި ފަށާ ކޯސްތައް