ކީރިތި ޤުރްއާނުގެ މާނަ ފަހުމުކޮށް ތަދައްބުރުކުރުމަށް ބާރުއެޅުމުގެ ގޮތުން ކުރިއަށް ގެންދެވުނު 'ތަދައްބުރުލް ޤުރްއާން ޕްރޮގްރާމް' ނިންމި ބައިވެރިންނަށް ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތެއް ބާއްވައިފިއެވެ.
މި ޕްރޮގްރާމަކީ ކީރިތި ޤުރްއާންގެ މާނަ ފަހުމުކޮށް އެނގުމާއިއެކު ތަދައްބުރުކޮށް ކީރިތި ޤުރްއާނާމެދު ފުންކޮށް ވިސްނަންދަސްކޮށްދިނުމުގެ މަޤްޞަދުގައި ކުރިއަށް ގެންދެވުނު ޕްރޮގްރާމެކެވެ. ކީރިތި ޤުރްއާނުގެ އަލީގައި ދިރިއުޅުމުގެ ކަންކަން ބައްޓަންކުރުމަށް ބާރުއެޅުމަށް މިފަދަ ޕްރޮގްރާމްތަކަކީ ވަރަށް މުހިންމު ޕްރޮގްރާމްތަކެކެވެ.
15 ހަފްތާގެ މުއްދަތަށް ކުރިއަށް ގެންދެވުނު މި ޕްރޮގްރާމް ހިންގާފައިވަނީ 2025 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 12 އިން ފެށިގެން ޑިސެންބަރު މަހުގެ 9 އަށެވެ. މި ޕްރޮގްރާމްގައި 30 ބައިވެރިން ބައިވެރިވި ނަމަވެސް، ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާ ސެޓްފިކެޓް ޙާސިލްކޮށްފައިވަނީ އޭގެތެރެއިން 20 ބައިވެރިންނެވެ.