ޖަމާޢަތްތެރިން ތަމްރީން ކުރުމަށް ޑިސެންބަރ މަހުގެ 14 އިން ފެށިގެން 21ގެ ނިޔަލަށް މާލޭގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމް ނިންމި ބައިވެރިންނަށް ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
މި ޕްރޮގްރާމްގައި ޖުމްލަ 30 ބައިވެރިން ބައިވެރިވެފައިވެއެވެ. އެއް ހަފްތާގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ފުރިހަމަކޮށް 25 ބައިވެރިއަކު ވަނީ ސެޓްފިކެޓް ޙާސިލްކޮށްފައެވެ.