އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ޙާފިޡުކަމުގެ ސަނަދު ޙާސިލްކުރެއްވި އުމުރުން 35 އަހަރުގެ އަލްޙާފިޡް ޙަސަން ސިނާން އަދި އަލްޙާފިޡް ޙުސައިން ޝިފާން  (ގ. ހީނާހިޔާ ، މާލެ) އާއި ބައްދަލުކުރައްވައި ހިތްވަރު ދެއްވައިފި. 

އަލްޙާފިޡް ޙަސަން ސިނާން އަދި އަލްޙާފިޡް ޙުސައިން ޝިފާން ޙާފިޡުކަމުގެ ސަނަދު ޙާސިލްކުރީ އެއް ވަނަ ދަރަޖައިގައި ފާސްވެގެން.