އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ކީރިތި ޤުރްއާން ހިތުދަސްކޮށް ޙާފިޡުކަމުގެ ސަނަދު ޙާސިލުކުރި އަލްއުސްތާޛު އަލްޙާފިޡު މުޙައްމަދު ޢާސިރު (ހެޕީކޯނަރ، / ގއ. ކަނޑުހުޅުދޫ) އާއި އޭނާގެ ލޮބުވެތި މަންމައާ ބައްދަލުކުރައްވައި ތަހުނިޔާ ދަންނަވައި ހިތްވަރު ދެއްވައިފި.