އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ޙާފިޒުކަމުގެ ސަނަދު ޙާސިލްކުރެއްވި އުމުރުން 12 އަހަރުގެ އަލްޙާފިޡު ޖާހް ޖިހާދު (ބިގްފިޝް / ޅ. ނައިފަރު) އާއި އޭނާގެ ބަލެނިވެރިންނާ ބައްދަލުކުރައްވައި މަރުހަބާ ދަންނަވައި ހިތްވަރު ދެއްވައިފި.