އޮފީސްތަކުގެ ޤުރްއާން މުބާރާތް – ދެވަނަ ދުވަސް
23 ފެބުރުވަރީ 2026 (ހޯމަ)
މުބާރާތުގައި މިއަދު ކިޔަވާފައިވަނީ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑާއި، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާ އާއި، މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ އާއި، މީރާ އާއި، މޯލްޑިވްސް ކަސްޓަމްސް ސާވިސް އާއި، މޯލްޑިވްސް އިމިގްރޭޝަނާއި އަދި ޚާރިޖީ ވުޒާރާގެ ފަރާތުން މުބާރާތުގައި ވާދަކުރާ 19 ބައިވެރިއެކެވެ.
މިހާތަނަށް މި މުބާރާތުގައި 42 ބައިވެރިޔަކު ވަނީ ކިޔަވާފައެވެ.
މިއަހަރުގެ މުބާރާތުގައި 21 އިދާރާއަކުން ޖުމްލަ 71 ބައިވެރިން ވާދަކުރެއެވެ. މުބާރާތުގެ ކިޔެވުން އޮންނަނީ އަންނަ އަންގާރަދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހަކު ހެނދުނު 09:30 އިން ފެށިގެން މެންދުރު 12:00 އަށް ސަލްމާން ރަސްގެފާނު މިސްކިތުގެ 5ވަނަ ފަންގިފިލާގެ މަލްޓިޕާޕަސް ހޯލުގައެވެ.