އޮފީސްތަކުގެ ޤުރްއާން މުބާރާތް – ތިންވަނަ ދުވަސް
24 ފެބުރުވަރީ 2026 (އަންގާރަ)

މުބާރާތުގައި މިއަދު ވާދަކޮށްފައިވަނީ ދިރާގާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އާއި، ސްޓެލްކޯ އާއި، ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖާއި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އާއި، މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާ އާއި، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ އަދި މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގެ ފަރާތުން މުބާރާތުގައި ވާދަކުރާ 22 ބައިވެރިއެކެވެ.
މިހާތަނަށް މި މުބާރާތުގައި 63 ބައިވެރިޔަކު ވަނީ ކިޔަވާފައެވެ.
މިއަހަރުގެ މުބާރާތުގައި 21 އިދާރާއަކުން ޖުމްލަ 71 ބައިވެރިން ވާދަކުރުމަށް ރަޖިސްޓްރީ ކުރި ނަމަވެސް 8 ބައިވެރިޔަކު އެކިސަބަބުތަކާހުރެ މުބާރާތުން ވަކިވެފައި ވެއެވެ. 
މިއަދުގެ ކިޔެވުމާއެކު މުބާރާތުގެ ކިޔެވުން މިވަނީ ނިމިފައެވެ. އަދި ވަރަށް އަވަހަށް މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުން ގެންދަނީ މަސައްކަތްކުރަމުންނެވެ.