ކޮންމެ އަހަރަކުވެސް ރަމަޟާން މަހުގެ މުނާސަބަތުގައި ސަރުކާރު އޮފިސްތަކާއި، ކުންފުނިތަކާއި، ކޮލެޖް އަދި ޔުނިވަސިޓީތަކަށް އަމާޒުކޮށްގެން ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުން ބާއްވަމުން އަންނަ އޮފިސްތަކުގެ ޤުރްއާން މުބާރާތުގެ ނަތީޖާ ފާޅުކޮށް، ވަނަވަނައަށް އައި ފަރާތްތަކަށް އިނާމު ދިނުމުގެ ހަފްލާ ރޭ ބާއްވައިފިއެވެ.

މިއަހަރުގެ މުބާރާތަކީ ދައުލަތުގެ މުއައްސަސާތަކުގެ މުވައްޒަފުންގެ މެދުގައި ދީނީ ރޫޙު އާލާކުރުމާއި، ކީރިތި ޤުރްއާން ކިޔެވުމުގެ ޝައުޤުވެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި އެހެން އަހަރުތަކެކޭވެސް އެއްގޮތަށް ކުރިއަށް ގެންދެވުނު މުބާރާތެކެވެ. މި އަހަރުގެ މުބާރާތުގައި ޖުމްލަ 21 މުއައްސަސާއަކުން 71 ބައިވެރިން ބައިވެރިވެފައިވެއެވެ.

މި މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ މިއަހަރުގެ ރަމަޟާން މަހުގެ 5 ވަނަ ދުވަހުން ފެށިގެން 7 ވަނަ ދުވަހުގެ ނިޔަލަށެވެ. 

މި މުބާރާތަކީ ކޮންމެ އަހަރެއްގެ ރަމަޟާން މަހުވެސް އޮފިސްތަކުގެ މެދުގައި ވަރަށް ފޯރިއާއެކު ބޭއްވޭ މުބާރާތެކެވެ. މިއަހަރުގެ މުބާރާތުގެ ވަނަވަނައަށް އައި ފަރާތްތަކަށް ވަނީ ހަނދާނީ ލިޔުން، ފައިސާގެ އިނާމުއަދި ޓްރޮފީ ދީފައެވެ. މީގެ އިތުރުން މުބާރާތުގައި ބައިވެރިވި ކޮންމެ މުއައްސަސާއަކަށް ހަނދާނީ ފިލައެއް ދީފައި ވެއެވެ.

މި މުބާރާތުގެ ވަނަވަނައަށް ހޮވިފައިވަނީ

·        އޮފީސް / ކުންފުނިތަކުގެ ބައިވެރިންގެ ތެރެއިން ބަލައިގެން ކިޔެވުމުގެ ބައިން ފިރިހެން 3ވަނަ މުޙައްމަދު މާދިން މޫސާ / މޯލްޑިވްސް ކަސްޓަމްސް ސަރވިސް

·        އޮފީސް / ކުންފުނިތަކުގެ ބައިވެރިންގެ ތެރެއިން ބަލައިގެން ކިޔެވުމުގެ ބައިން އަންހެން 3ވަނަ މަރްޔަމް ރިޒްނީ އަޙްމަދު ވަސީމް / އެމް.އެން.ޑީ.އެފް

·        ޔުނިވާރސިޓީ / ކޮލެޖުތަކުގެ ބައިވެރިންގެ ތެރެއިން ބަލައިގެން ކިޔެވުމުގެ ބައިން އަންހެން 3ވަނަ ފާޠިމަތު ޝިފާނާ / ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖް

·        އޮފީސް / ކުންފުނިތަކުގެ ބައިވެރިންގެ ތެރެއިން ބަލައިގެން ކިޔެވުމުގެ ބައިން ފިރިހެން 2ވަނަ މުޙައްމަދު މިރާޙް / ދިރާގު

·        އޮފީސް / ކުންފުނިތަކުގެ ބައިވެރިންގެ ތެރެއިން ބަލައިގެން ކިޔެވުމުގެ ބައިން އަންހެން 2ވަނަ ފާޠިމަތު ޝާޔާން ފަތުޙީ / ދިރާގު

·        ޔުނިވާރސިޓީ / ކޮލެޖުތަކުގެ ބައިވެރިންގެ ތެރެއިން ނުބަލާ ކިޔެވުމުގެ ބައިން އަންހެން 2ވަނަ މާޔާ މުޙައްމަދު / ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖް

·        އޮފީސް / ކުންފުނިތަކުގެ ބައިވެރިންގެ ތެރެއިން ބަލައިގެން ކިޔެވުމުގެ ބައިން ފިރިހެން 1ވަނަ ޔަޢީޝް މުޙައްމަދު ނިޔާޒް / މޯލްޑިވްސް ކަސްޓަމްސް ސަރވިސް

·        އޮފީސް / ކުންފުނިތަކުގެ ބައިވެރިންގެ ތެރެއިން ބަލައިގެން ކިޔެވުމުގެ ބައިން އަންހެން 1ވަނަ ރަނާ އިބްރާހީމް / އެމް.އެން.ޑީ.އެފް

·        ޔުނިވާރސިޓީ / ކޮލެޖުތަކުގެ ބައިވެރިންގެ ތެރެއިން ބަލައިގެން ކިޔެވުމުގެ ބައިން އަންހެން 1ވަނަ ޚަދީޖާ ޙަމީދު / ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖް

·        އޮފީސް / ކުންފުނިތަކުގެ ބައިވެރިންގެ ތެރެއިން ނުބަލާ ކިޔެވުމުގެ ބައިން ފިރިހެން 1ވަނަ މުޙައްމަދު ޝަފްޢާން ސުލައިމާން / ކެޕިޓަލްމާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ

·        މީގެ އިތުރުން، އޮފީސް / ކުންފުނިތަކުގެ ބައިން މުޅި މުބާރާތުން 1ވަނަ މުއައްސަސާ އަކަށް ހޮވިފައިވަނީ އެމް.އެން.ޑީ.އެފް އެވެ.

ޙަފްލާގެ ފޮޓޯތައް ބެއްލެވުމަށް : މި ލިންކަށް ޒިޔާރަތްކުރައްވާ