އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ޙާފިޒުކަމުގެ ސަނަދު ޙާސިލްކުރެއްވި އުމުރުން 15 އަހަރުގެ އަލްޙާފިޡާ އަމަތުއްރަޙްމާން ބިންތި ޢަބްދުﷲ (ގ.އާބާދީ / މާލެ) އާއި އޭނާގެ ބެލެނިވެރިންނާ ބައްދަލުކުރައްވައި މަރުހަބާ ދަންނަވައި ހިތްވަރު ދެއްވައިފި.