މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަދުނާން މެންކް ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒަށް ޒިޔާރަތްކުރައްވައި މަރުކަޒުގެ ޙިފްޒު ކުލާސްތަކުގެ ދަރިވަރުންނާ ބައްދަލުކުރައްވައި ދަރުސެއް ދެއްވައިފިއެވެ.
ސަލްމާން ރަސްގެފާނު މިސްކިތުގެ އޮޑިޓޯރިއަމްގައި ބޭއްވި މި ބައްދަލުވުމުގައި ޝައިޚު ނަޞޭޙަތްތެރިވެވަޑައިގެންނެވީ ﷲގެ ނިޢުމަތްތަކަށް ޝުކުރުވެރިވުމަށާއި، ހެޔޮލަފާ ރަގަޅު ރަޙުމަތްތެރިން އިޚްތިޔާރުކުރުމަށެވެ. އަދި ދަރިވަރުންނާ ޤުރްއާނުގެ ބައެއް ޢާއްމު ސުވާލުތައް ކުރައްވައި، ބައެއް ދަރިވަރުންގެ ކިޔެވުން އަޑު އެއްސެވިއެވެ.