ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒު ވިލިމާލެ ގޮފި (ވިލިމާލެ) ގައި 2024 ވަނަ އަހަރުގެ 2 ވަނަ ސެމިސްޓަރގައި ފެށުމަށް ހަމަޖެފައިވާ ޙިފުޡު ކުލާސްތަކަށް ވަނުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. މި ކުލާސް ތަކުގައި ބައިވެރިވެވޭނީ ޢުމުރުން 7 އަހަރު ފުރިފައިވާ ފަރާތްތަކަށެވެ.


 ހެނދުނު | 20
 ހަވީރު | 20

              މި ކުލާހުގައި ބައިވެރިވުމަށް އެދިލައްވާ ފަރާތްތަކުން ޙިފުޡު ކުލާހުގައި ބައިވެރިވުމަށް އެދޭ ފޯމު، 6 ނޮވެންބަރު 2024 ގެ 13:30 ގެ ކުރިން މިމަރުކަޒަށް ހުށަހެޅުއްވުން އެދެމެވެ. މެއިލްކުރައްވާނަމަ application@nchq.gov.mv  އަށް މެއިލް ކުރެއްވުން އެދެމެވެ. ޙިފުޡު ކުލާހުގައި ބައިވެރިވުމަށް އެދޭ ފޯމު މިމަރުކަޒުގެ ކައުންޓަރުން އަދި ވެބްސައިޓުން ލިބެން ހުންނާނެއެވެ. ކުލާސްތަކަށް ދަރިވަރުން ނެގޭނީ ޙިފުޡު ކުލާހުގައި ބައިވެރިވުމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ މެދުގައި ކުރެވޭ އިންޓަވިއުއިން ލިބޭ މާކްސްއަށް ބެލުމަށްފަހުގައެވެ. އަދި މާކްސް އެއްވަރުވެއްޖެނަމަ ފުރުސަތު ދިނުމުގައި އިސްކަންދެވޭނީ ފޯމު ހުށައަޅާފައިވާ ތަރުތީބަށެވެ. އިންޓަރވިއު ކުރުމަށް ހަމަ ޖެހިފައިވަނީ 12 ނޮވެންބަރު 2024 އިން 14 ނޮވެންބަރު 2024 އާއި ދެމެދު އެވެ.