ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒު ވިލިމާލެ ގޮފި (ވިލިމާލެ) ގައި 2024 ވަނަ އަހަރުގެ 2 ވަނަ ސެމިސްޓަރގައި ޤިރާއަތު ސެޓްފިކެޓް 1 ފެށުމަށް ވަނީ ހަމަޖެހިފައެވެ.
ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒު ވިލިމާލެ ގޮފި (ވިލިމާލެ): ހެނދުނު 20 ޖާގަ، ހަވީރު 20 ޖާގަ.
ޝަރުޠު:
ކޯހުގެ މުއްދަތު
8 ހަފްތާ
މި ކޯހުގައި ބައިވެރިވުމަށް އެދިލައްވާ ފަރާތްތަކުން ކޯހަށް ވަނުމަށް އެދޭ ފޯމާއެކު ޝަރުޠު ހަމަކުރުމަށް ބޭނުންވާ ލިޔުންތައް އަދި އައި.ޑީކާޑު ކޮޕީ، 6 ނޮވެންބަރު 2024 ގެ 13:30 ގެ ކުރިން މިމަރުކަޒަށް ހުށަހެޅުއްވުން އެދެމެވެ. މެއިލްކުރައްވާނަމަ application@nchq.gov.mv އަށް މެއިލް ކުރެއްވުން އެދެމެވެ. މި ކޯހުގައި ބައިވެރިވުމަށް އެދޭ ފޯމު މިމަރުކަޒުގެ ކައުންޓަރުން އަދި ވެބްސައިޓުން (ކޯސްތަކަށް ވަނުމަށްއެދޭ ފޯމް) ލިބެން ހުންނާނެއެވެ. ބަސްދީގަތުން ބޭއްވުމަށް ހަމަޖެހިފައިވަނީ 12 ނޮވެންބަރު 2024 އިން 14 ނޮވެންބަރު 2024 އާއި ދެމެދު އެވެ