ވަނަ އަހަރުގެ ރަމަޟާންމަހުގެ 1 ން 14 އަށް ދުބާއީގައި ބޭއްވުމަށް ހަމަޖެހިފައިވާ ދުބާއީ އިންޓަނޭޝަނަލް ހޯލީ ޤުރްއާން ކޮމްޕެޓިޝަން 2022 ގައި ދިވެހިރާއްޖެ ތަމްސީލުކުރަމުންދާ އަލްޙާފިޡް އަޙްމަދު ނަބީޙް މުބާރާތުގެ ފުރަތަމަ ބުރުގައި ވާދަކޮށް ދެވަނަ ބުރަށް ހޮވިއްޖެއެވެ. މިކަން ކަށަވަރުކޮށްދެމުން ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒު ހިންގުމާ ޙަވާލުވެ ހުންނެވި އައްޝައިޚް އިލްޔާސް ޖަމާލް ވިދާޅުވީ ނަބީޙްގެ މި ކާމިޔާބީއަކީ ދިވެހިރާއްޖެ ފަޚުރުވެރިވާ ފަދަ ބޮޑު ކާމިޔާބީއެއް ކަމުގައެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ނަބީޙުއަކީ ކީރިތި ޤުރުއާން ކިޔެވުމުގެ އެކިއެކި މުބާރާތްތަކުގައި ޤައުމީ ފެންވަރުގެ ގިނަ ކާމިޔާބީތަކެއް ޙާޞިލުކުރައްވާފައިވާ ފަރާތެކެވެ. އަދި ވަރަށް ލަސްލަހުން އުނދަގުލާއެކު މެނުވީ ވާހަކަ ނުދެއްކޭ، އަދި ޚާއްޞައެހީއަށް ބޭނުންވާ ކުއްޖެކެވެ. އަކުރުތައް ފާޅުކުރުމާއި އަޑު ނެރުމުގައި ވެސް އުނދަގޫތައް ތަޙައްމަލްކުރާ ކުއްޖެކެވެ. ނަމަވެސް ޤުރުއާން ކިޔަވަން ބޭނުންވުމާއެކު ވަރަށް ފަސޭހަކަމާއެކު އަޑު ނެރެ، އަކުރުތައް މަޚްރަޖުން ކިޔަވައެވެ. އެހެން ކަމުން މީ ދިވެހީން ފަޚުރުވެރިވާ ފަދަ އާދަޔާ ޚިލާފު ކަމެކެވެ. ނަބީޙް މަންމަ މަޢުލޫމާތު ދޭ ގޮތުގައި ނަބީޙްގެ އެކުވެރިޔަކީ ޤުރްއާނެވެ. ހުރިހާ ވަގުތެއް ހެން ހޭދަކުރަނީ ޤުރްއާނާއެކުގައެވެ. ދުނިޔޭގެ މަޝްހޫރު ޤާރީން ކިޔަވާގޮތަށް ޤުރްއާން ކިޔެވުމާއި ރީތި ރާގުރާގަށް ބަންގި ގޮވުމަކީ ނަބީޙް އެންމެ ކުރާހިތްވާ ކަމެވެ. ނަބީޙްގެ ހުވެފަނަކީ ރާއްޖޭގެ މިސްކިތެއްގައި އިމާމްވެ ތަރާވީޙް ނަމާދު ކުރުމެވެ. ނަބީ އަދާކުރާ ހިއްވާ ވަޒީފާއަކީ އިމާމްކަމާއި މުއައްޛިން ކަމެވެ.

ނަބީޙް އެންމެ ބޮޑަށް މިއަދު ބޭނުންވާނީ ދިވެހިންގެ ހެޔޮދުޢާއަށްކަން ކަށަވަރެވެ.