ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026 ގެ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ދާއިރާ ގައި ބައިވެރިވެ، ތްރީޑީ އާޓްސް ކެޓެގަރީން 1 ވަނަ، ކްރިއޭޓިވް އާޓްސް އެންޑް ޑިޒައިން ކެޓަގަރީން 2 ވަނަ، އަދި ކެލިގްރަފީ ކެޓަގަރީން 3 ވަނަ ހޯދާފައިވާތީ، ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ ކެލިގްރަފީ އަރޓިސްޓް ޙުސައިން ނާއިޝް އަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވަމެވެ.