ޖަމްޢިއްޔަތުލް ޢުލަމާއިން އައްޑޫ ސިޓީގައި ބޭއްވި "ފަޟީލަތުއްޝައިޚު ޙުސައިން ޝަރަފުއްދީނުލް އަޒްހަރީގެ ހަނދާނުގައި ބާއްވާ ޤުރްއާން މުބާރާތް 2024" ގެ ނަތީޖާ ފާޅުކޮށް އިނާމު ދިނުމަށް ބޭއްވި ޖަލްސާގެ ޝަރަފުވެރި މެހުމާނެއްގެ ޙައިސިއްޔަތުން، ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒު ހިންގެވުމާއި ޙަވާލުވެވަޑައިގެން ހުންނެވި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއަރޒް އަލްއުސްތާޛު ޢަަބްދުﷲ ސަޢުދާން ބައިވެރިވެ ވަޑައިގެންނެވުން. މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ކީރިތި ޤުރްއާން ކިޔެވުމުގެ މާތްކަމާއި ޤުރްއާން އުނގެނި، އުނގަންނައި ދިނުމާއި، ކީރިތި ޤުރްއާނާ އެއްގޮތަށް ޢަމަލުބެހެއްޓުމަށް މަސައްކަތްކުރުމަށް ސްޓޭޓް މިނިސްޓަރ ނަޞޭޙަތްތެރިވެ ވަޑައިގެންނެވި. އަދި މުބާރާތުގައި ބައިވެރިވެ ކިޔެވި ދަރިވަރުންނާއި މުބާރާތުން އެކި ވަނަވަނަ ޙާޞިލުކުރި ދަރިވަރުންނަށް ހިތްވަރު ދެއްވައި މަރުޙަބާ ވިދާޅުވި.