ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒު ހިންގެވުމާއި ޙަވާލުވެވަޑައިގެން ހުންނެވި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއަރޒް އަލްއުަސްތާޛު ޢަބްދުﷲ ސަޢުދާން އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އައްޑޫ ސިޓީގެ "ޙާފިޡުން އިމްތިޙާނުކުރާ ކޮމެޓީ" އާއި ބައްދަލު ކުރެއްވުން. މި ބައްދަލުވުމުގައި ކޮމެޓީ އިތުރަށް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަމާގުޅޭގޮތުން ފުޅާ ދާއިރާގައި މަޝްވަރާ ކުރެވުނު.