ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ މުދައްރިސުން ތާޒާކޮށް، ފެންވަރު މަތިކުރުމަށް މެލޭޝިއާގެ މަޝްހޫރު ޤާރީ ޑރ. ވަން ޙިލްމީ ވަޑައިގެން މި ސެޕްޓެންބަރު މަހުގެ 17 އިން 19 އަށް ބޭއްވި އައްތަރައްނުމުލް ޤުރްއާން ޓްރެއިނިންގ ސެޝަން ނިންމައި ބައިވެރިންނަށް ހަނދާނީ ލިޔުން ޙަވާލުކުރުން. މަރުކަޒުގެ 15 މުދައްރިސުން ވަނީ މި ޕްރޮގްރާމް ނިންމާފަ.