އޮކްޓޫބަރު 5 ން 12 އަށް މެލޭޝިއާގައި އޮންނަ ”64 ވަނަ މެލޭޝިއާ އިންޓަރނޭޝަނަލް އަލްޤުރްއާން ރިސައިޓަލް އެންޑް މެމޮރައިޒޭޝަން އެސެންބްލީ 1446/2024“ ޤުރްއާން މުބާރާތުގެ ރިސައިޓަލް ކެޓެގަރީގައި ރާއްޖެ ތަމްސީލުކުރާ ބައިވެރިއެއްގެ ގޮތުގައި ވާދަކުރުމަށް ހޮވިފައިވާ އިސްކަންދަރު ސްކޫލުގެ ގްރޭޑް 10 S6 ގެ ދަރިވަރު ފާޠިމަތު ޝާޔާ ޒާހިރު އާއި އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ބައްދަލުކުރައްވައިފިއެވެ. ވަޒީރު ޑރ. ޝަހީމް ވަނީ މި ދަތުރުގައި އެދަރިވަރަށް ކާމިޔާބީއަށް އެދި ހިތްވަރުދެއްވައިފައެވެ.