ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ މުދައްރިސުން ތާޒާކޮށް، ފެންވަރު މަތިކުރުމަށް ބޭރުގެ މަޝްހޫރު ޤާރީވެރިން މެދުވެރިކޮށް ހިންގާ ސިލްސިލާ ޕްރޮގްރާމުގެ ދަށުން، މެލޭޝިއާގެ މަޝްހޫރު ޤާރީ ޑރ. ވަން ޙިލްމީ ވަޑައިގެން މި ސެޕްޓެންބަރު މަހުގެ 17 އިން 19 އަށް ބާއްވާ އައްތަރައްނުމުލް ޤުރްއާން ޓްރެއިނިންގ ސެޝަން ފެށިގެން ކުރިއަށް ދަނީ.