ޤިރާއަތު ސެޓްފިކެޓް 1، ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒު (މާލެ) އަދި ކީރީތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ހުޅުމާލޭ ގޮފި (ފޭސް 1)ގައި 2024 ވަނަ އަހަރުގެ 2 ވަނަ ސެމިސްޓަރގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ.
ޝަރުޠު:
ކޯހުގެ މުއްދަތު
8 ހަފްތާ
މި ކޯހުގައި ބައިވެރިވުމަށް އެދިލައްވާ ފަރާތްތަކުން ކޯހަށް ވަނުމަށް އެދޭ ފޯމާއެކު ޝަރުޠު ހަމަކުރުމަށް ބޭނުންވާ ލިޔުންތައް އަދި އައި.ޑީކާޑު ކޮޕީ، 21 ސެޕްޓެމްބަރ 2024 ގެ 13:30 ގެ ކުރިން މިމަރުކަޒަށް ހުށަހެޅުއްވުން އެދެމެވެ. މެއިލްކުރައްވާނަމަ application@nchq.gov.mv އަށް މެއިލް ކުރެއްވުން އެދެމެވެ. މި ކޯހުގައި ބައިވެރިވުމަށް އެދޭ ފޯމު މިމަރުކަޒުގެ ކައުންޓަރުން އަދި ވެބްސައިޓުން (ކޯސްތަކަށް ވަނުމަށްއެދޭ ފޯމް) ލިބެން ހުންނާނެއެވެ. ބަސްދީގަތުން ބޭއްވުމަށް ހަމަޖެހިފައިވަނީ 24 ސެޕްޓެމްބަރ 2024 އިން 26 ސެޕްޓެމްބަރ 2024 އާއި ދެމެދު އެވެ.